ދެ ވެކްސިނެއްގެ 2 ވަނަ ޑޯޒު 6 މަސް ފަހުން ވެސް ޖެހޭނެ: ހެލްތު މިނިސްޓްރީ

ދެ ވެކްސިނެއްގެ 2 ވަނަ ޑޯޒު 6 މަސް ފަހުން ވެސް ޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީނެ ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޝީލްޑާއި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ފަހުންވެސް ދެވަނަ ޑޯޒް ޖެހޭނެކަމަށެވެ.

އިޝްތިހާރު Below Header ad

އެ މިނިސްޓްރީން މިހެން ނިންމާފައިވަނީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ލަފާގެ މަތިން ކަމަށް ވެސް ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ކުރި އިޢުލާނެއްގައި ބުނީ ޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑާއި އެެސްޓްރާޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިހެންވުމާއެކު ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މިވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެ، ދިވެހިރާއްޖޭގައިވެސް މިވެކްސިން ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިވެކްސިން ލިބުމުގައި ހުރި ދަތިތަކާހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން ވަނީ މިވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ދުވަހަށް ފަސްކުރުމާގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ލަފައެއް ޢާންމުކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

މިލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ 2 ވަނަ ޑޯޒް ދިނުމުގައި ދުނިޔޭގެ ސިއްޙަތު
ޖަމިއްޔާއިން ލަފާދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި
ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން (MTAGI ) ލަފާދެއްވާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ވީމާ، ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި މިގޮތަށް އަމަލުކުރެވޭނެ ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން މިވެކްސިން ގެނައުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

މިވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭ ގެ އިޢުލާނުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.