57 މެމްބަރުންގެ އަޣުލަބިއްޔަތުން މިނިސްޓަރ ޝައުނާއަށް މަޖިލީހުން ރުހުން ދީފި

57 މެމްބަރުންގެ އަޣުލަބިއްޔަތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން މަޖިލީހުން ރުހުން ދެއްވައިފި އެވެ.

ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްފަހު، މިއަދު ނެގި ވޯޓުގައި 65 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުން މިނިސްޓަރ ޝައުނާއަށް ރުހުން ދެއްވި އިރު، ނުފެންނަކަމަށް ވޯޓު ދެއްވީ 8 މެމްބަރުން ނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ 1 މެމްބަރަކު އިންނެވި އެވެ.

އިޝްތިހާރު Below Header ad

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން މިނިސްޓަރުކަމަށް ޝައުނާ އައްޔަން ކުރެއްވުމަށް ރުހުން ދެއްވާފައިވާނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ޝައުނާ މީގެ ކުރިން ހުންނެވި ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވަޔަނރަމަންޓް މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީ އެއްކޮށްލުމަށްފަހުގަ އެވެ.

ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އުވާލެއްވުމާއިގުޅިގެން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ވެސް މިހާރުކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީން ނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުން މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހު އެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.