ޚަބަރު ފީތާ

ދަނގެތި ފަޅުގައި މަރުވެފައި އޮތް މީހަކު ފިރިހެނަކު ފެނިއްޖެ

އދ. ދަނގެތި ފަޅުގައި މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެއީ އެރަށު ފަޅުގައި އޮތް ބްލޫ ފޯސް 1 ސަފާރީން މޫދަށް ފޭބި މީހެއް ކަމަށެވެ. އަދި އެއީ ރ. އިނގުރައިދޫއަށް އުފަން، 32 އަހަރުގެ މުމްތާޒް ހުސެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އޭނާގެ ޚަބަރެއް ނުވެގެން ބެލި އިރު، ސަފާރީއާ ދިމާލުން މޫދު އަޑީގައި އޮއްވާ ފެނިފައިވާކަމަށެވެ.

އޭނާ މޫދުން ނެގި އިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ދަނގެތި ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެރަށު ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry
11