ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލހު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުވުމަކީ ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކޮވިޑް-19 އާ ގުޅިގެން ގައުމީ ފެންވަރުގައި ހަދާފައިވާ އުސޫލުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.