ޚަބަރު ފީތާ

އެންދަމަން ފޭބި 59 އަހަރުގެ މީހަކު މަރުވެއްޖެ

1

އެންދަމަން ފޭބި 59 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެއީ ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މަސްވެރިއެއް ކަމަށެވެ. އަދި އޭނާގެ ހާލު ދެރަވުމުގެ ސަބަބުން ދެއްވަދޫއަށް ގެންދިއުމަށް މަސައްކަތް ކުރިކަމުގެ މައުލޫމާތު 16:40 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ ހެލްތު ސެންޓަރަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މި ހާދިސާޔާއި ގުޅިގެން އިތުރު ތަހުގީގުތައް ފުލުހުން އަންނަނީ ކުރަމުން ނެވެ.

1