މާލެތެރޭގައި ހުރި ގުދަން، ގަރާޖު ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސާރވޭއެއް ފަށައިފި
މާލެތެރޭގައި ހުރި ގުދަން، ގަރާޖު ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސާރވޭއެއް ފަށައިފި އެވެ.
މާލޭސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ޚާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމަށް ހިންގޭ ސާރވޭ ފަށާފައިވާ ކަމަށެވެ.
މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ޚާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމަށް ހިންގޭ ސާރވޭ މިއަދުވަނީ ފެށިފައި. pic.twitter.com/ShYQPYbOf4
— Dr Mohamed Muizzu (@MMuizzu) June 3, 2021
މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މާލެ ސަރަހައްދުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ނެވެ.
މީ އެމްޑީޕީ ސަރުކާރުން ވެސް އެކަން ކުރަން ބުނެފައި އޮންނަތާ އަހަރުތަކެއް ވީ ކަމަކަށް ވާ އިރު، ޑރ. މުއިއްޒު ވިދާޅުވީ އޭނާ މާލޭ ރައްޔިތުނަށް ފުއްދައިދިނުމަށް ވެވަޑައިގެން ވައުދު ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާލެ ސިޓީގައި ދިރިއުޅޭ އެންމެންނަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއިން ފައިދާ އާއި މަންފާ ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި އެތަނުގައި ހުރި ވެހިކަލްތައް ނަގާ އެތަން ސާފު ކުރަމުންދާ ކަމަށް ވެސް ކުރީގެ ކައުންސިލުން ބުނެފައި ވެއެވެ. އެކަމަކު އެ މަސައްކަތް ވެސް ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގޮސް ކައުންސިލް ބަދަލުވި އިރު ވެސް ތަން އޮތީ ވެހިކަލް ތަކުން ތޮއް ޖެހިފަ އެވެ.