ޔޫރޯ 2020 ޓީމް ޕްރޮފައިލް- ނެދަލެންޑް

ނެދަލެންޑް އަކީވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ނެދަލެންޑް މިހާތަނަށް ނުވަ މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މުބާރާތެއް ފިޔަވާ ދެން ކުޅުނު ހުރި ހާ މުބާރާތެއްގެ ވެސް ސެމީއާއި ހަމައަށް ވަނީ ދަތުރުކޮށްފައެވެ. ނެދަލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1976 ވަނަ އަހަރު ޔޫގޯސްލޭވިއާގައި ބޭއްވުނު މުބާރާތުގައެވެ.

އެގައުމަށް މިހާތަނަށް ޔޫރޯ ގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު މުބާރާތުގެ ތަށި އުފުލާލުމެވެ.

އިޝްތިހާރު Below Header ad

ކޮލިފައިވީ ގޮތް

މިފަހަރުގެ ޔޫރޯއަށް ނެދަލެންޑް ކޮލިފައިވީ އެ ގައުމު ހިމެނުނު ކޮލިފައިން ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން އެއްވަނަ ލިބުނު ޖަރުމަންނާއި ނެދަލެންޑްއާއި ދެމެދުގައި ހުރީ ދެ ޕޮއިންޓުގެ ތަފާތެވެ. އެގޮތުން ޖަރުމަންއަށް 8 މެޗުން 21 ޕޮއިންޓް ލިބުނު އިރު ނެދަލެންޑަށް ލިބުނީ 8 މެޗުން 19 ޕޮއިންޓެވެ. ކޮލިފައިންގައި ނެދަލެންޑް ކުޅުނު 8 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ 6 މެޗުންނެވެ. އެއް މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު

medium 2021 05 19 edb5e35383

ނެދަލެންޑް ގައުމީ ޓީމުގެ ކޯޗުކަމާއި މިވަގުތު  ހަވާލުވެ ހުރީ ނެދަލެންޑަށް އުފަން އުމުރުން 51 އަހަރުގެ ފްރެންކް ޑިބޮއާއެވެ. އޭނައަކީ މީގެ ކުރިން ނެދަލެންޑްގެ ގައުމީޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ނެދަލެންޑްގެ ފުޓްބޯޅަ ލެޖެންޑެކެވެ. ޔޫރަޕުގެ ނަން މަޝްޙޫރު ގިނަ ކުލަބުތަކަކަށް ވެސް ކޯޗު ކޮށްދީ ތަޖުރިބާ ލިބިފައިވާ ޑިބޮއާ ނެދަލެންޑްގެ ގައުމީޓީމުގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވީ މިދިޔަ އަހަރުގައެވެ. މީގެ ކުރިން އިޓަލީގެ އެޓަލާންޓާއާއި އޭސީ މިލާން އަދި އިންޓަމިލާނަށް ފަދަ ކުލަބުތަކަށް އިރުޝާދު ދީފައިވާ ޑިބޮއާގެ އިރުޝާދުގެ ދަށުން ނެދަލެންޑްގެ ގައުމީޓީމު މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވިއިރު، އެޓީމުން ވަނީ ޑިބޮއާގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އޭގެ ހެއްކެއްގެ ގޮތުން މިފަހަރުގެ ޔޫރޯ މުބާރާތައް އެގައުމު ކޮލިފައިވުން ހިމެނެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ޑިބޮއާގެ އިރުޝާދުގެ ދަށުން ނެދަލެންޑް ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

ކީޕްލޭޔަރ

Nations League The Netherlands v Italy 526e090e4c564f3bf88efe75f92916f4

ޖޯގީނިއޯ ވިނަލްޑަމް: އިނގިރޭސި ކުލަބު ލިވަޕޫލްގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވިނަލްޑަމް އަކީ ދުވެލިބާރު ހަލުވި މިޑްފީލްޑަރެކެވެ. އުމުރުން 30 އަހަރުގެެ ވިނަލްޑަމް ވަނީ އެންމެ ފަހުންް ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ރަނގަޅު ކުޅުމެއް ވެސް ދައްކަދީފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި 38 މެޗު ލިވަޕޫލަށް ކުޅެ ދީފައިވާއިރު، އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ދެ ލަނޑުވެސް ޖަހައިދީފައެވެ. ނެދަލެންޑްުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ކުރިން ހޯދާފައިވާ ވިނަލްޑަމް ނެދަލްނެޑްގެ ގައުމީޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރުގައެވެ. އޭނާ މިހާތަނަށްް ގައުމީޓީމަށް ކުޅެދިން 75 މެޗުގައި 22 ގޯލް ޖަހާދީފައިވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ނެދަލެންޑް ކޮލިފައިވުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. މިއީ އޭނާ ކުޅޭ ދެވަނަ ޔޫރޯ މުބާރާތެވެ.

ގުރޫޕު ސީގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި ނެދަލެންޑް ހިމެނެނީ ގުރޫޕް ސީގައެވެ. މި ގުރޫޕުގައި ނެދަލެންޑްގެ އިތުރުން ދެން ހިމެނެނީ ޔުކްރެއިން، އޮސްޓްރިއާ އަދި ނޯތް މެސެޑޯނިއާއެވެ. މި ގުރޫޕަކީ ނެދަލެންޑަށް ދެވަނަ ބުރައް ދިއުމަށް މާ އުނދަގޫ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. އެހެނީ ދެން މި ގުރޫޕުގައި ހިމެނެނީ ދާދި އެއްފެންވަރެއްގެ ޓީމުތަކެކެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

13 ޖޫން- ނެދަލެންޑް- ޔުކްރެއިން

17 ޖޫން- ނެދަލެންޑް- އޮސްޓްރިއާ

21 ޖޫން- ނެދަލެންޑް- ނޯތް މެސެޑޯނިއާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.