ޚަބަރު ފީތާ

އުރީދޫ ފެންޓަސީ ލީގް އިޢުލާން ކޮށްފި

އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި “އުރީދޫ ފެންޓަސީ ލީގް” ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފި އެވެ.

މިއީ ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އިޢުލާން ކުރި ޓޯނަމެންޓެކެވެ.

މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު، އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ.

އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާއި ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

  • 1 ވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން
  • 2 ވަނަ ހޯދާފަރާތަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ
  • 3 ވަނަ ހޯދާފަރާތަކަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗަރއެއް
  • 4 ވަނައިން ފެށިގެން 10ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް

ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ.  ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ޒިޔާރަތްކޮށްލައްވާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރައްވާށެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/fantasy-terms އަށް ޒިޔާރަތްކޮށްލައްވާށެވެ.

މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވަރލްޑް ކަޕާއި ގުޅިގެން އުރީދޫ ވަރލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އެ ކުންފުނިން ވަނީ ބާއްވާފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އުރީދޫ ފެންޓަސީ ލީގް އިޢުލާން ކޮށްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.