ފަލަސްތީނުގެ ރައްޔިތުންނަށް ކަސްޓަމްސް އިން ވެސް އެހީތެރިކަން ފޯރުކޮށްދީފި

ފަލަސްތީނުގެ ރައްޔިތުންނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވެސް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން އެ ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އެޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ހަދިޔާ ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މި އެހީ މިހާރުވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލުކޮށްފަ އެވެ.

ދިވެހިރާއްޖެ ފަލަސްތީނާއެކު’ ގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް އަންނަނީ ބާއްވަމުން ނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނއިާ އަންހެނުން ވެސް ހިމެނެ އެވެ.

އެތައް ސަތޭކަ މީހުންނަށް އެކިވަރުގެ ޒަޚަމުތައް ވެފައިވާ އުިރު، ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ރާއްޖޭގެ އެކި މުވައްސަސާތަކުންނާއި ތަފާތު އެކި ފަރާތްތަކުން ވެސް އަންނަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.