ޚަބަރު ފީތާ

ދިލިޕް ކުމާރު އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ލެޖެންޑަރީ ބޮލީވުޑް އެކްޓަރ ދިލިޕް ކުމާރުގެ ހާލު ދެރަވެ، އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

އޭނާގެ އަންހެނުން ލެޖެންޑަރީ އެކްޓްރެސް ޝާއިރާ ބާނޫ އާ ޙަވާލާދީ ރިޕޯޓުތައް ބުނީ ދިލިޕް އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވާތީ، އާދީއްތަ ދުވަހު ކަމަށެވެ. އަދި ދިލިޕް އެޑްމިޓްކޮށްފައިވަނީ ޕީޑީ ހިންދުޖާ ހޮސްޕިޓަލުގައި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާރުވަނީ ޓެސްޓުތައް ހަދާފައި ކަަމަށާއި ނަމަވެސް ނަތީޖާ ލިބެންދެން މަޑުކޮށްފައިވާ ކަމަށެވެ.

ޢުމުރުން 98 އަހަރުގެ ދިލިޕް ކުމާރު މިދިޔަ މަހު ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. ނަމަވެސް އެއއީ ރޫޓިންގ ޗެކްއަޕް އަކަށް ކަމަށް ޝާއިރާ ބާނޫ ވަނީ ބުނެފަ އެވެ.

ޢުމުރުން ދުވަސްވުމާއި އެހެނިހެން ބައެއް ބަލިތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދިލިޕް ކުމާރު އަންނަނީ ވަރަށް ގިނައިން ޑޮކްޓަރަށް ދައްކަމުން ނެވެ. އަދި މިއިން ކޮންމެ ފަހަރަކު އެޑްމިޓް ކުރެއެވެ.

ޝާއިރާ ބާނޫ ބުނީ ދިލިޕްގެ ހާލު އަންގަމުންދާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: