އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އަދަބީ ޢީދެއް ބާއްވަނީ

އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އޮންލައިން އަދަބީ އީދެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީން ނިންމައިފި އެވެ.

އެ އެކަޑަމީން ބުނީ މިއީ ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށް ބާއްވާ ޢީދެއް ކަމަށެވެ. އަދި މި ޢީދު ބާއްވާނީ އޮންލައިންކޮށް ކަމަށެވެ.

އިޝްތިހާރު Below Header ad

ޢާންމުކޮށް ހުޅުވައިލައިގެން ބާއްވާ މި އަދަބީ ޢީދު ޚާއްޞަކޮށްފައިވަނީ މައިގަނޑު 3 އުމުރު ފުރައަކަށެވެ.

އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.

އަދަބީ ޢީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ ބަނދި ކިޔުން، ޅެން ކިޔުން، ވާހަކަ ހުށަހެޅުން އަދި ރައިވަރު ކިޔުން ކަަށް ދިވެހި ބަހުގެ އެކަޑަމީން ބުނެ އެވެ.

މި މުބާރާތްތަކުގައި ބައިވެރިވެވޭނީ އެކަމަށް ޓަކައި އެކެޑަމީން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމު  މެދުވެރިކޮށް ކަމަށާއި މުބާރާތަށް ހުށައަޅާ އަދަބީ އުފެއްދުންތައް ހުށައަޅާނީ އެކެޑަމީގެ 7986230 ނަންބަރުގެ ޓެލެގުރާމަށް ކަމަށް ވެސް އެކަޑަމީން ބުންޏެވެ. އަދި ހުށައަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމް.ޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕްކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަޑަމީން ބުނީ ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަން ވާނެ ކަމަށެވެ.

އޮންލައިން އަދަބީ އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައަޅާނެ ސުންގަޑިތަކަކީ:

  1. 10އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ (28 ޖޫން 2021)
  2. 13އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ (29 ޖޫން 2021)
  3. 17އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ (30 ޖޫން 2021)

މީން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00ގެ ކުރިން ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެ އެވެ.

ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގަ އެވެ.

މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު 7986230 އިން ލިބޭނެ އެވެ.

https://www.gazette.gov.mv/iulaan/view/153249

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.