ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ

ކްރޮއޭޝިއާ އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1996 ވަނަ އަހަރެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީހީ މުބާރާތަކަށެވެ. ހައިރާންކުރެވުނު ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ “ރަން ޖީލު”ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރު ހޯދީ ކްރޮއޭޝިއާގެ ޔޫރަޕް ފުޓްބޯޅައިގެ ތާރީހުގެ ފުރަތަމަ ބޮޑު ކާމިޔާބެވެ.

އޭގެ ފަހުން ކްރޮއޭޝިއާ ވަނީ ހަތަރު ފަހަަރު ޔޫރޯގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ދެ މުބާރާތެއް ގުރޫޕް ސްޓޭޖުން ކެޓިއިރު، އެއް މުބާރާތުގެ ކުއާޓާފައިނަލްގައި އަދި އަނެއް މުބާރާތުގެ ގަދަ 16 ވަނަ ބުރައް ދަތުރު ކޮށްފައިވެއެވެ.

ކޮލިފައިވި ގޮތް

ކޮލިފައިން ގުރޫޕް އީގައި ކްރޮއޭޝިއާ ނިންމާލީ އެއްވަނާގަ އެވެ. ގުރޫޕް އީގެ ދެވަނަ ހޯދި ވޭލްސްއާއި ކްރޮއޭޝިއާގެ ދެމެދުގައި އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ކޮލިފައިންގައި ކްރޮއޭޝިއާ 8 މެޗު ކުޅުނު އިރު 5 މެޗުން ވަނީ މޮޅުވެފައެވެ. ދެ މެޗުން ބަލިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ކޯޗު

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އަކީ އެ ގައުމުގައި މަގުބޫލު ކޯޗެކެވެ. ކޯޗިން ކެރިއަރު 2005 ގައި ފެށި ޑަލިޗް ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކްރޮއޭޝިއާގެ ކޯޗުކަން 2017 ގައި ޑަލިޗް އަށް ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމުގެ ކޮލިފައިކޮށްދިނުމުގެ ޓާގެޓާ އެކު އެވެ. އެ ޓާގެޓް ޑަލިޗް ވަނީ ހާސިލްކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ މުބާރާތަކީ އޭނާގެ ކޯޗުކަމުގެ ދަށުން ކްރޮއޭޝިއާ ކުޅޭ ފުރަތަމަ ޔޫރޯ މުބާރާތެވެ.

ކީޕްލޭޔަރ

ލޫކަ މޮޑްރިޗް: ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔެ އިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރެވެ. ފަހުގެ ތާރީހުގައި ރެއާލް އިން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ. މޮޑްރިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ދެ ވޯލްޑް ކަޕާއި ތިން ޔޫރޯ މުބާރާތުގައި ކްރޮއޭޝިއާ ތަމްސީލްކޮށްފަ އެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް ޑީގައި އިންގްލެންޑް ނެގުމަށް ފަހު، ދެވަނަ ބުރަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ކްރޮއޭޝިއާ އެވެ. އެކަމަކު މި ގުރޫޕްގައި ދެން އޮތް ދެ ގައުމު ކަމަށްވާ ޗެކްރިޕަބްލިކް އާއި ސްކޮޓްލެންޑް އަކީ ވެސް ފަސޭހަކޮށް ނެގޭނެ ޓީމުތަކެއް ނޫނެވެ.

Like
Like Love Haha Wow Sad Angry