އެކްސްޕްރެސް ޕާލް އިން ކަނޑަށް ތެޔޮ ލީކުވެދާނެކަމުގެ ބިރު ހީވެއްޖެ

ސްރިލަންކާގެ ޕޯޓު ކައިރީގައި އޮއްވާ އަލިފާން ރޯވި އެކްސްޕްރެސް ޕާލް އިން ކަނޑަށް ތެޔޮ ލީކުވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ލަންކާ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އެބޯޓުގައި ރޯވި އަލިފާންގަނޑު އިންޑިޔާ އާއި ލަންކާގެ ކޯސްޓްގާޑުން ކުރި މަސައްކަތުން ނިއްވާލެވިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ބޯޓުގައި ރޯވުމާއެކު ލަންކާގެ އައްސޭރި ފަށުން ބޯޓު ކަފުޖަހައިގެން ދުރުކުރުމުގެ މަސައްކަތް ކުރެވުނު ނަމަވެސް ވަކި ހިސާބަކުން އެބޯޓުވަނީ އަޑިޔަށް ގޮސްފައެވެ. ބޯޓުގެ ކޮޅުފަސްކޮޅަށް ބަރުވެ މިހާރު ވަނީ ބޯޓުގެ އެއްބައި ކަނޑު އަޑީގައި ތާށިވެފަ އެވެ.

X Press pearl 2

ކެމިކަލް އާއި ޕްލާސްޓިކް ބަރުކޮށްފައި އޮތް ކޮންޓެއިނަރ ބޯޓު އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާން ރޯވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެމްވީ އެކސްޕްރެސް ޕާލް ގައި 1486 ކޮންޓެއިނަރު ހުރިއިރު 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮއޮކްސައިޑް އަދި މިނޫންވެސް އެކި ޒާތުގެ ކެމިކަލް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ ބޯޓުގައި ހުރި ކޮންޓެއިންރަކުން ނައިޓްރިކް އެސިޑް ލީކްވުމުގެ ސަބަބުން ކަމަށާއި ބޯޓުގައި އެ ލީކް ހުއްޓުވޭނެ ގޮތެއް ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.