ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 432 މީހުން
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 432 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރު، 4056 ސާމްޕަލް ނަގާފައިވާ އިރު، މާލެ ސަރަހައްދުން 249 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 154 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 29 މީހުން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވް މީހުންގެ ޢަދަދު 66948 އަށް އަރާފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 21032 އެބަހުއްޓެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 213 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 45730 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން މިހައިތަނަށް މިބަލީގައި ނިޔާވެފައިވަނީ 177 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/AMHZoySN9G
— Health Protection Agency (@HPA_MV) June 4, 2021