މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތްކުރެވިދާނެ: މިނިސްޓްރީ

މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތްކުރެވިދާނެ ކަމަށް އެންވަޔަރްމެންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

މާދަމާ ފާހަގކުރާ ދުނިޔޭގެ ތިމާވެށުގެ ދުވަހުގެ މުނާސަބާގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގަސް އިންދުމާއި މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި، ސާފުކޮށް، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބެލެހެއްޓުމަކީ ވެދސް ކޮންމެ ފަރުދަަކަށް ވެސް ކުރެވިދާނެ ކަންކަން ކަމަށެވެ. އަދި ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެންނަށްވެސް ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަން ކަމަށެވެ.

އިޝްތިހާރު Below Header ad

“ގަސްގަހާގެއްސަކީ އޭގެ ސަބަބުން ވައި ސާފުވެ، ނަފްސާނީ ދުޅަހެޔޮކަންވެސް އިންސާނުންނަށް ލިއްބައިދޭ އެއްޗެއް. މިކަމުންވެސް ޤުދުރަތީ މާހައުލުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ދޭހަވޭ. ރާއްޖެއަކީ ރީތި ގޮނޑުދޮށްތަކާއި މޫދު ވަށައިގެންވާ އަދި މުއްސަނދި ފަރުގެ މާހައުލުތަކާއި ކަނޑުއަޑީގެ ބަގީޗާތައް ހިމެނޭ ތަނަކަށް ވީހިނދު އެމާހައުލުތައް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް.” މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އަޅުގަނޑުމެންނަށް އެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށާއި އެހެންކަމުން، މިއަދު އަޅުގަނޑުމެން ވިސްނައި ނަޒަރު ހިންގަންވީ ޤުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް އަޅުގަނޑުމެން ކުރަނީ ކޮންކަމެއްތޯ އާއި އިތުރަށް ކުރެވޭނީ ކޮންކަމަކާ މެދުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ޤުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ޤުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.

ކޮންމެ އަހަރެއްގައިވެސް ޖޫން 5 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މިދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން ފަށާފައިވަނީ 1974 ވަނަ އަހަރެވެ.

މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށީގެ މުހިއްމު ކަމާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ، Ecosystem Restoration””  ނުވަތަ މާހައުލީ ނިޒާމުތައް އިއާދަކުރުމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ވަރަށް މުހިއްމު ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިދުވަހާއި ގުޅިގެން މާދަމާ 14:30 ގައި ބާއްވާ އޮންލައިން ރަސްމިއްޔާތެއްގައި މިމަސައްކަތްތައް ފެށިގެންދާނެ އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.