ކޮވެކްސް ފެސިލިޓީގެ ދަށުން ކެނެޑާއިން ވެކްސިން ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ

ކޮވެކްސް ފެސިލިޓީގެ ދަށުން ކެނެޑާއިން ވެކްސިން ދޭ ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.

ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކެނެޑާއިން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އިރު، މި ވެކްސިން ފޯރުކޮށްދޭނީ ޑަބްލިއުއެޗްއޯ އިން އެކުލަވައިލައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ނެވެ.

އިޝްތިހާރު Below Header ad

ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން ވިދާޅުވީ، ކެނެޑާއިން މި ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ސްރީލަންކާ ހިމެނޭނެ ކަމަށެވެ. ނަމަވެސް ދެ ގައުމަށް ދޭން ނިންމާފައިވަނީ ކިހާ އަދަދެއްގެ ވެކްސިންއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މިފަހަރު ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް ދީފައިވަނީ 220 މިލިއަން ކެނެޑީން ޑޮލަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.