ރާއްޖެއަށް އެމެރިކާއިން ހަދިޔާ ކުރި މެޑިކަލް އިމަރޖެންސީ އެހީ ހަވާލުކޮށްފި
ރާއްޖެއަށް އެމެރިކާއިން ހަދިޔާ ކުރި މެޑިކަލް އިމަރޖެންސީ އެހީ ހަވާލުކޮށްފި އެވެ.
ޕަލްސްއޮކްސިމީޓަރާއި ގޮގުލްސް އަދި އަންގި އަދި ކޭއެން 95 މާސްކު ހިމެނޭ މި ސާމާނު ރާއްޖެއަށް މިއަދު ގެނައީ ޗާޓަރު ފްލައިޓެއްގަ އެވެ.
ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ޗާޖޭ ޑި އެފެއަރޒް، މާޓި ކެލިން ވިދާޅުވީ އެމެރިކާއިން މަސައްކަތް ކުރަނީ މިވަގުތު ރާއްޖެއަށް އެންމެ ބޭނުންވާ މެޑިކަލް ސަޕްލައި ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ފޯރުކޮށްދިން އެހީއާއެކު ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއިބަލީގައި ހާލުދެރަވެގެން ފަރުވާ ދޭން ޖެހޭ މީހުންނަށް އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން މިހާތަނަށް 2.75 މިލިއަން ޑޮލަރުގެ އެހީ ވެސް ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި 60 ވެންޓިލޭޓަރު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ކޮވިޑު މެނޭޖުމެންޓުގައި އުޅޭ ޑޮކްޓަރުންނާޢި ނަރުހުންނަށް ޓެކްނިކަލް ޓްރެއިނިންގ ވެސް ވަނީ ދީފައެވެ.
US donates medical equipment to the Maldives to combat COVID19.
The medical equipment was handed over symbolically at an event held virtually, by the Deputy Chief of Mission of the @USEmbSL Martin Kelly, to Foreign Secretary @aghafoormohamed.
📃 | https://t.co/z1p338LArW pic.twitter.com/ArRoVT89MR
— Ministry of Foreign Affairs 🇲🇻 (@MoFAmv) June 4, 2021