އިނގިރޭސި ރާނީ ބާއްދަލު ކުރައްވާ އެމެރިކާގެ 12 ވަނަ ރައީސަކަށް ބައިޑަން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް 2 އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ޝާހީ ގަނޑުވަރު ބެކިންހަމް ޕެލަސްއިން މައުލޫމާތު ދޭގޮތުގައ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުވުމުގައި އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑަންވެސް ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މި ބައްދަލުވުމަކީ މިހާރު ބައިޑަން އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ. ރައީސް ބައިޑަން އެ ގައުމަށް ވަޑައިގެން އުޅުއްވަނީ ޖީ 7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއީ ރާނީ ބައްދަލު ކުރައްވާ އެމެރިކާގެ 12 ވަނަ ރައީސެވެ. މި ފަހުން އެމެރިކާގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރާނީ ބައްދަލު ކުރައްވާފައިވަނީ ޑޮލަންޑް ޓްރަމްޕާއި ޖޯޑް ޑަބްލިއު ބުޝް އާއި އެވެ.

މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ބައިޑަން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.