ޚަބަރު ފީތާ

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 648 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 648 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 349 މީހުންނާއި އަތޮޅުތަކުން 270 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 13 މީހުން ނެވެ. އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 16 މީހަކު ވެސް ހިމެނެއެެވެ.

އެހެންކަމުން މިހައިތަނަށް 66516 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 213 މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުޗާ ދެމުންނެވެ.

ފާއިތުވި24 ގަޑި އިރު، 3832 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 22375 އެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 43959 މީހުން މިބަލިން ރަނގަޅުވެފައިވާ އިރު، 173 މީހުން ވަނީ ނިޔާވެފަ އެވެ.

 

Like
Like Love Haha Wow Sad Angry
2

މިލިޔުމަށް ޚިޔާލު ފޮނުވާ "ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 648 މީހުން"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.