ޚަބަރު ފީތާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްމަސް ދުވަހަށް އިތުރުކޮށްފި

ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްމަސް ދުވަހަށް އިތުރުކޮށްފި އެވެ.

އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އެންގެވުމެއްގަ އެެވެ.

އެ އެންގެވުމުގައި ވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން 12 މާރިޗް 2020 ގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު އެއްމަސްދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ އިރު، މިބަލީގައި މިހައިތަނަށް 173 މީހުން ވަނީ ނިޔާވެފަ އެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްމަސް ދުވަހަށް އިތުރުކޮށްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.