ފުލުހުންނާއި ސިފައިން ފްރަންޓްލައިން އެލަވަންސުން މަހްރޫމް ކޮށްލުން..

ކޮވިޑުގެ ބަލިމަޑުކަމާއެކު ޚާއްސަކޮށް ސިއްހީ މާހިރުން ރެޔާއިދުވާލު ވަރުބަލުކަމެއް ނެތި، ޚިދުމަތުގައި އަތުުކުރި އޮޅާލީ، އިތުރު ފައިސާއަކަށް ނުވަތަ ލިބޭނެ އިތުރު އާމްދަނީއަކަށް ބަރޯސާވެގެނެއް ނޫނެވެ.

އެހެންނަމަވެސް އެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް އެލަވަންސެއް ދޭން ސަރުކާރުން ނިންމުމަކީ ރައްޔިތުން އުފާވި ޚަބަރެކެވެ.

އިޝްތިހާރު Below Header ad

މުޅި ދުނިޔޭގައި ވެސް ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ގޮސް ގާދޫކޮލުން ރާއްޖެ އެތެރެވި ހިސާބުން އެ ބިރުވެރި މާހަލުގައި، ރައްޔިތުންގެ ހައްގުގައި ގިނަބަޔަކު އިސް-ސަފަށް ނުކުމެ މަސައްކަތް ފެށި އެވެ. އޭގެ ތެރޭގައި ސިއްހީ މާހިރުންނާއި ތަފާތު އެކި މުއައްސަސާތަކުގެ މީހުން ހިމެނެ އެވެ.

ޚާއްސަކޮށް ގައިމީ ދިފާޢީ ބާރު ނުވަތަ އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ މުއައްސަސާގެ ގިނަ ބަޔަކު އެ މަސައްކަތުގައި ޢަމަލީ ގޮތުން ޖާމިނުވީ ގައުމީ ޚިދުމަތެއްކަމުގައި ދެކިގެން ނެވެ. ލިބޭނެ ފައިދާއަކަށް ޖީބަށް ވަންނާނެ ފައިސާއަކަށް ބަރޯސާވެގެނެއް ނޫނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް އެކި ފަންތިއަށް ބަހާލައި އެލަވަންސް ލިބޭނޭ މިންވަރު ކަނޑައެޅުމުން އިގްތިސޯދީގޮތުން އަނދަވަޅަކަށް ވެއްޓިފައި މިވާ ރާއްޖޭގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި އެވެ.

އެކަމަކު އެލަވަންސް ދޭން ފެށީއްސުރެ މިއަދާއި ހަމައަށް ވެސް އިވޭ އަޑަކީ ވަކި ބަޔަކަށް އެލަވަންސް ލިބިފައި އަނެއްބަޔަކަށް ނުލިބޭ ވާހަކަ އެވެ. މިކަމުގައި އެންއީއޯސީ އަދި އެޗްއީއޯސީގެ ޕްރެސްތަކުގައި އެކި ނޫސްވެރިން ސުވާލު ކުރުމުން ވެސް ދެނީ ގާތްތަޑަކަށް އެއްޖަވާބެކެވެ. އެލަވަންސް ދޭ ވާހަކަ އެވެ.

އާއެކެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގެ ލިޔެ ކިޔުންތަކުން އެކަން އެގޮތަށް ދައްކަ އެެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ބުނަނީ އެ އެލަވަންސް ލިބެނީ ވަކި ބަޔަކަށް ކަމަށެވެ.

ކަން މިހެން އޮތް އިރު، އެޓޯލްނިއުސްއަށް މިފަހުން އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް އަދި ފުލުހުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އެލަވަންސް ކަނޑާލާފައިވާ ކަމަށެވެ.

މިފަދަ ސުވާލެއް ކުރުމަށް އެންމެ މުނާސަބު ވަގުތަކަށް ވީ ރާއްޖޭގެ ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ނޫސްވެރިންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ.

އެހެންކަމުން އެޓޯލްނިއުސް އިން މިނިސްޓަރަށް މި ސުވާލު އަމާޒުކުރުމުން މިނިސްޓަރަށް ލިބިވަޑައިގަތީ ކުއްލި ސިހުމެކެވެ.

މިނިސްޓަރ ނަސީމު ވިދާޅުވި އެކަހަލަ ކަމެއް ހިނގާފައިވާކަން މިނިސްޓަރަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމަށެވެ.

ޕީޕީއީ އާއެކު އެއްވެސް ފަސްޖެހުމެއް ނެތި، އެންމެ އިސް-ސަފުގައި އެ ފަރާތްތަކުން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު، އެފަދަ ނިންމުމެއް ނިންމާފައިވާކަން މިނިސްޓަރަށް އެނގިވަޑައިނުގަތުމަކީ ހައިރާންޖެހޭ ކަމެކެވެ.

މިނިސްޓަރު އެ ވިދާޅުވިގޮތަށް ބައްލަވާނެކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. އެކަމަކުު ބެއްލެވުމަކީ “ހަމައެކަނި” ނަމަކަށް ނޫނެވެ. ހައްގު ފަރާތްތަކަށް އެކަން ކޮށްދިނުމެވެ. މަހްރޫމު ކުރުމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަފްރާހު ނޫނީ ނޫޅޭ އެލަވަންސްގެ ވާހަކަ ދައްކާ ރައްޔިތުންގެ އިހުސާސްތައް ބުނާ ނޫސްވެރިއެއް،

  2. އަފްރާހް އެވެ. ތިބުނާ އެލެވެންސްއެއް ނުލިބެނީ ސިފައިންނާ ފުލުހުންނަށް އެކަންޏެއްނޫނެވެ. 2020 އޮކްޓޯބަރ އިން ފެށިގެން ސިފައިންނަށްވެސް ފުލުހުންނަށްވެސް ތި އެލެވެންސެއް ނުދެއެވެ. ޕޮސިޓިވް މީހުން ކައިރީ ފެސިލިޓީގައި މަސައްކަތް ކުރި އެއްވެސް ފުލުހަކަށްވެސް އަދި ސިފައިންގެ މީހަކަށްވެސް ދީފައެއްނުވެއެވެ. ހަމަ އެގޮތަށް އައިޖީއެމްއެޗްގައި ބައެއް ވޯޑްތަކުގައި ކޮވިޑްއަށް ޝައްކުވާ ކޭސްތައް ނަތީޖާ ލިބެންދެން ތިބި ކިއުބިކަލްތަކުގައި މަސައްކަތް ކުރި ނަރުހުންނަށްވެސް އެލެވެންސެއް 2020 ޖޫންއިން ފެށިގެން ދީފައެއް ނުވެއެވެ. އެކަން ސާބިތުކޮށްދެވޭނެ ހެކިވެސް އެބަހުއްޓެވެ. ތި އެލެވެންސެއް ލިބެނީ ދަރުބާރުގޭގައި މޭޒު ކައިރީ މަސައްކަތް ކުރާ މީހުންނާއި ސާންޕަލް ނަގަން އުޅޭ ދެތިން މީހަކަށެވެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.