ސްޕަޓްނިކް ވެކްސިން ހިލޭ ލިބޭނެކަމަށް ބުނެ ހުށަހެޅީ ސައްހަނޫން ލިޔުންތަކެއް: ހެލްތު މިނިސްޓަރ

ސްޕަޓްނިކް ވެކްސިން ހިލޭ ލިބޭނެކަމަށް ބުނެ ހުށަހެޅީ ސައްހަނޫން ލިޔުންތަކެއް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ 500،000 ޑޯޒް ރަޝިއާ ވެކްސިން އާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަ އެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ނަސީމް ވިދާޅުވީ ސްޕަޓްނިކް ވެކްސިން ހިލޭ ލިބޭނެ ކަމަށް ބުނާ ލިޔުންތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.

“އެފަދަ ލިޔުންތަކެއް އަޅުގަނޑަށް ލިބުނު. އެކަމަކު އޭގައި ކޮންމެވެސް ކަމެއް އުޅޭކަމަށް ލަފާކުރެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބެލުމުން އެއީ ސައްހަ ލިޔުންތަކެއް ނޫންކަން ރަޝިޔާ ސަރުކާރުން ކަށަވަރު ކޮށްދިން.” މިނިސްޓަރ ނަސީމު ވިދާޅޫވި އެވެ.

ރަޝިއާ އިން އުފައްދާފައިވާ “ސްޕަޓްނިކް ވީ” ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް އަޑުތައް ވަނީ އަރާފައެވެ.

Soutnik Vaccine new

އެ ކުންފުނިން ސަރުކާރަށް ހުށަހެޅި ލިޔުންތަކާ ގުޅޭ ޖަވާބު އިއްޔެ އެ ކުންފުންޏަށް ދީފައި ވާކަންވެސް ވަނީ އެނގިފައެވެ.

ރާއްޖޭގައި ސްޕަޓްނިކް ވީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފަވަނީ މިދިޔަ މަހު 12 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.