ޚަބަރު ފީތާ

ގދ. ތިނަދޫގައި ކާރެއް މޫދަށް ވެއްޓި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެނީ

ގދ. ތިނަދޫގައި ކާރެއް މޫދަށް ވެއްޓީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާރު މޫދަށް ވެއްޓުނީ ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓިގެނެވެ. އަދި މޫދަށް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކެއްގެ ހާލު ވަނީ ސީރިއަސް ވެފައެވެ.

އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިން މީހުން ތިބި ކަމަށާއި ހާލު ސީރިއަސްވި މީހާއަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށް އެރަށު މީހަކު ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަދިވަކިއެއްޗެއް ނުބުނެއެވެ.

 

Like
Like Love Haha Wow Sad Angry
4
%d bloggers like this: