އިތުރު 768 މީހުންނަށް މިއަދު ކޮވިޑު ޖެހިއްޖެ
އިތުރު 768 މީހުންނަށް މިއަދު ކޮވިޑު ޖެހިއްޖެ އެެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 373 މީހުން ހިމެނޭ ކަމަށެވެ. އަދި އަތޮޅުތަކުން 357 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 15 މީހުންނާއި ލައިވްބޯޑުތަކުން 8 މީހެއް ވެސް ވަނީ މިއަދު ޕޮޒިޓިވް ވެފައެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ރަށްތަކުން 15 މީހުން ވެސް މީގެތެރޭގައި ހިމެނޭ އިރު، މިހައިތަނަށް ރާއްޖެއިން ކޮވިޑު ބައްޔަށް ޕޮޒިޓިވް ވި ޢަދަދު މިވަނީ 65،164 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 5685 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 24،035 ކޭސް އެބައޮތެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 208 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑު ބައްޔަށް ރާއްޖެއިން ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން 40،951 މީހުން މިބަލިން ރަނގަޅުވެފައިވާ އިރު، މިއަދު ވެސް 8 މީހަކު ވަނީ ކޮވިޑުގައި ނިޔާވެފައެވެ.
މިބަލީގައި މިހައިތަނަށް 169 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/TC38zldVg4
— Health Protection Agency (@HPA_MV) June 1, 2021