ޚަބަރު ފީތާ

އެކަސިޑެންޓު ވުމުން މަޑުނުކޮށް ފިލި މީހާ ހައްޔަރުކޮށްފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެކްސިޑެންޓަކަށް ފަހު މަޑުނުކޮށް ފިލި މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އިއްޔެ ހަވީރު 17:00 ހާއިރު ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އަދި އެ އެކްސިޑެންޓުގައި އެ ސައިކަލު ފަހަތުގައި އިން ޢުމުރުނބް 21 އަހަރުގެ އިސްމާއީލް އަޒްދާން ވަނީ މަރުވެފަ އެވެ.

މި އެކްސިޑެންޓް ވުމާއެކު ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ އިރު، އޭނާ ފުލުހުން ހައްޔަރުކޮށްފައި މިވަނީ 6 ދުވަސް ފަހުން ނެވެ.

Like
Like Love Haha Wow Sad Angry