ޚަބަރު ފީތާ

އަނެއްކާވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:00 ން މެންދުރު ފަހު 3:00 އާއި ހަމައަށެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެ އެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

އެހެންމެ މޫސުމަށް ސަމާލުމަށް ވަނީ އިލްތިމާސްކޮށްފި އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އަނެއްކާވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.