ޓްރަމްޕްގެ ”ފުރިހަމަ ތާޢީދު“ ނަތަންޔާހޫއަށް

އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް ޓްރަމްޕްގެ ”ފުރިހަމަ ތާޢީދު“ ނަތަންޔާހޫއަށް ދީފި އެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަޙު ދެބަޔަކަށް ބެހި އިންތިޚާބުގެ ނަތީޖާ އެއްވަރުވާނެ ކަމަށް ލަފާކުރެވޭ ދަނޑިވަޅެއްގައި ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ތާޢީދުކުރާނެކްނ ހާމަކޮށްއިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލުގެ އިންތިޚާބަށް 10 ދުވަހަށްވުރެ ކުޑަތަންވެފައި ވަނިކޮށް ޑޮނަލްޑް ޓްރަމްޕް ވަނީ ބެންޖަމިން ނަތަންޔާހޫއަށް އޭނާގެ ”ފުރިހަމަ އަދި މުޠުލަގު ތާއީދު“ އޮތްކަން އިޢުލާންކޮށްފަ އެވެ.

އާދީއްތަ ދުވަހު ޓްރަމްޕްގެ ’ޓްރުތް ސޯޝަލް‘ ޕްލެޓްފޯމުގައި އިސްރާއީލުގެ ރައްޔިތުންނަށް އަމާޒުކޮށް ފޮނުއްވި މެސެޖެއްގައި ނަތަންޔާހޫއަކީ ”ވަރުގަދަ، ކެރޭ، އަދި ހުޝިޔާރު“ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ތައުރީފު ކުރައްވާފައިވެއެވެ.

”އެންމެ ދަތި އުނދަގޫ ވަޤުތުތަކުގައި ނަތަންޔާހޫ އަމަލުކުރި ގޮތް އަހުރެން ދުށީމެވެ. އެފަދަ ޙާލަތްތަކުގައި އާދައިގެ މީހަކު ނަމަ ފިއްތުންތަކުގެ ކުރިމަތީގައި ބަލިކަށިވީސް ނަމަވެސް، ނަތަންޔާހޫ ބަލިކަށްޓެއްނުވެ އެެވެ. އޭގެ ބަދަލުގައި އޭނާގެ ވަރުގަދަކަން އިތުރުވީއެވެ، ކުރިއަށް އޮތް އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ އިންތިޚާބުގައި ނަތަންޔާހޫއަށް އަޅުގަނޑުގެ ފުރިހަމަ ތާޢީދު އޮތްކަން މި ސިޓީން ހާމަކުރަމެވެ. ނަތަންޔާހޫއަކީ ދުވަހަކުވެސް ތިޔަބޭފުޅުން މާޔޫސްކޮށްލާނެ ބޭފުޅެއް ނޫނެވެ!“ ޓްރަމްޕް

ނަތަންޔާހޫ ނޫން އެހެން ކޮންމެ ބޭފުޅަކީ އިސްރާއީލަށް އޮތް ނުބައި އިޚްތިޔާރެއް ކަމަށްވެސް ޓްރަމްޕް ފާހަގަކުރި އެވެ.

މީގެ އިތުރުން އީރާނުން އަމަލުތައް އިސްލާހު ނުކޮށްފިނަމަ އެމެރިކާއިން މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދިނެވެ. އަދި ނަތަންޔާހޫ މަގާމުގައި ނެތް ޙާލަތެއްގައި އެފަދަ ފިޔަވަޅެއް އެޅުމަށް ދަސްނުޖެހޭނެ ކަމުގެ އިޝާރާތެއްވެސް ކުރެއްވި އެވެ.

”އިސްރާއީލުގެ ވެރިއަކަށް ނަތަންޔާހޫ ނޫން އެހެން ބޭފުޅަކު ހުރެގެން ގޯސް ލީޑަރެއް އިޚްތިޔާރުކޮށްފިނަމަ އެމެރިކާއަށް ޖެހޭނީ އަމިއްލައަށް އެ މަސައްކަތް ކުރާށެވެ. އަދި އެގޮތަށް ކަންކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ،“ ޓްރަމްޕް

ޓްރަމްޕްގެ މި ތާއީދަށް ނަތަންޔާހޫ ވަނީ ވަގުތުން ’އެކްސް‘ މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ.

”ރައީސް ޓްރަމްޕް، ތިޔަ ދެއްވި ބޮޑު އެހީތެރިކަމާއި ބައިވެރިވުމަށްޓަކައި ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެން އެކުގައި މި މިޝަން ފުރިހަމަކުރާނަމެވެ!“ ނަތަންޔާހޫ

ޓްރަމްޕް މިފަދަ ތާއީދެއް  ދިފައިމިވަނީ ނަތަންޔާހޫގެ ކޯލިޝަނާއި ކުރީގެ އަސްކަރީވެރިޔާ ގާޑީ އައިޒެންކޮޓް އިސްކޮށް ހުރެގެން އުފައްދާފައިވާ އިދިކޮޅު ފަރާތްތަކާ ދެމެދު އިންތިޚާބުގެ ވާދަވެރިކަން އެއްވަރުވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.

އާދީއްތަ ދުވަހު އާންމުކުރި ’މާރިވް‘ ގެ ސާވޭއަކުން ދައްކާގޮތުގައި ކޮންމެ ފަރާތަކަށްވެސް ލިބެނީ 51 ގޮނޑި އެވެ.

މިއީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑިއަށްވުރެ މާ މަދު އަދަދެކެވެ.

އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކުރިން ނެގި ހުރިހާ ވޯޓުތަކަކުންވެސް ފެންނަނީ މި އެއްވަރުވުމެވެ.

އެހެންނަމަވެސް ބޮޑުވަޒީރުކަމަށް އެންމެ އެކަށީގެންވަނީ  ކާކުތޯ އެހުމުން ނަތަންޔާހޫއަށް ވުރެ އައިޒެންކޮޓް ކުރީގައި އުޅެނީ 48 އިންސައްތައާއި 41 އިންސައްތައިގެ ތަފާތަކުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.