ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 780 މީހުން

ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ޢަދަދު އެއްހާހުން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މިއަދުގެ ޢަދަދުތަކުގެ ތެރޭގައި މާލެ ސަރަހައްދުން 571 މީހުންނާއި އަތޮޅުތަކުން 205 މީހުން ހިމެނޭ ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 4 މީހަކު ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެ ޓްވީޓުގައި ބުނެފައި ވެއެވެ.

އިޝްތިހާރު Below Header ad

އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވަނީ މިއަދުގެ އަދަދާއެކު ރާއްޖެއިން 63686 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 4356 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 24025 އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 218 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 39314 މީހުން މިހައިތަނަށް މިބަލިން ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވެފައިވަނީ 158 މީހުން ނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.