ޚަބަރު ފީތާ

އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ބެހުމުގެ މަސައްކަތް ވަނީ ފަށާފަ: އެޑިއުކޭޝަން މިނިސްޓަރ

2022 ވަނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އަންނަ ޖޫން މަހުގެ 24 ގައި ސްކޫލް ތަކުގެ ބޮޑު ބަންދު ފެށޭނެ ކަމަށާއި އެހެންކަމުން މިހާރުއްސުރެ އަންނަ އަހަރުގެ އެކެޑެމިކް އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތާއި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އަންނަ އަހަރު ސްކޫލްތަކަށް ދަރިވަރުން ވައްދަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު އަންނަ ޖޫންމަހުގެ ހަވަނަ ދުވަހުން ފަށައިގެން ލިބޭނެ ކަމަށެވެ.

އަދި މިވަގުތު ފޮތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުއްމީދަކީ ސްކޫލް ނިމޭ ދުވަހަކީ ހުރިހާ ދަރިވަރުންނަށް ވެސް ހުރިހާ ފޮތްތަކެއް ލިބޭނެ ދުވަހަށްވުން ކަމަށެވެ.

މީގެ އިތުރުން  ހުރިހާ ރަށްތަކަށް ވެސް ސްކޫލް ފޮތްތައް ފޮނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: