ޙަމަލާތައް ހުއްޓާލުމާއި ބެހޭ މަޝްވަރާތަކަށް އިޒްރާއީލްގެ ޚާރިޖީ ވަޒީރު މިސްރަށް

އިޒްރާއީލާއި ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސްއާއި ދެމެދު ހަމަލާ ބަދަލުކުރުން ދާއިމީކޮށް ހުއްޓާލުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އިޒްރާއީލްގެ ޙާރިޖީ ވަޒީރު ގަބީ އަޝްކެނާޒީ މިސްރަށް މިއަދު ދަތުރު ކުރައްވައިފިއެވެ.

މި ދަތުރުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީއާއެކު އެވެ.

އިޝްތިހާރު Below Header ad

މަޝްވަރާ ބައްދަލުވުންތަކަށް މިސްރަށް ވަޑައިގަންނަވާކަން ހާމަ ކުރައްވައި އިނގިރޭސިންނާއި ހިބްރޫ އަދި އަރަބިން ކުރެއްވި ޓްވީޓެއްގައި އަޝްކެނާޒީ ބުނެފައި ވަނީ، މިއީ ފާއިތުވި 13 އަހަރު ތެރޭގައި އިޒްރާއީލުގެ ޚާރިޒީ ވަޒީރެއް ރަސްމީ ދަތުރެއްގައި މިސްރަށް ވަޑައިންނަވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިދަތުރަކީ ޝުކްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރެއް ކަމަށްވެސް އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

މިދަތުރުގައި ހަމަލާތައް ހުއްޓާލުމާއިބެހޭ ދާއިމީ އެއްބަސްވުމަކަށް ޙަމާސްއާއެކު އައުމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށާއި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއި އިސްނެގުމާއެކު ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ކުރުމާ ބެހޭގޮތުންވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޙަމާސްއިން ހިފަހައްޓާފައިވާ އިޒްރާއީލްގެ ޤައިދީން މިނިވަން ކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް  ވަނީ ހަމަޖެހިފައެވެ.

ޓްވީޓެ

މިމަހު ކުރީކޮޅު އިޒްރާއީލުން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ހުއްޓުވުމުގައި ވެސް މިސްރުން ވަނީ މުޙީއްމު އިސް ރޯލެއް އަދާ ކޮށްފައެވެ. އެފަހަރުގެ ޙަމަލާތަކުގައި ފަލަސްތީންގެ 66 ކުޑަކުދިން ހިމެނޭހެން 253 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 1800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހަލާކު ކޮށްލައި، މީޑީއާގެ ފަރާތްތަކުން ބޭނުން ކުރަމުންދިޔަ އިމާރާތަކަށް ވެސް ޙަލަމާދީ ބިމާއި ހަމަކޮށްލާފައި ވެއެވެ. އޭގެ ސަބަބުން 14،300 މީހުން ވަނީ ވަންނާނެ ތަނެއް ނެތި އދ އިން އަޅާދީފައިވާ ސްކޫލްތަކަށް ދިއުމަށް މަޖުބޫރު ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.