ވިއެޓްނާމްއިން ކޮވިޑްގެ އައު ވޭރިއެންޓެއް ފެނިއްޖެ

ވިއެޓްނާމްއިން ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓެއް ފެނިއްޖެ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި މިފެނުނު އައު ވޭރިއަންޓަކީ އިންޑިޔާއާއި އިނގިރޭސި ވިލާތުގައި ފެތުރުނު ވޭރިއަންޓް އެއްވުމުން އުފެދިފައިވާ ވައިރަހެކެވެ.

އިޝްތިހާރު Below Header ad

ވިއެޓްނާމްގެ ސިއްޙީ ވަޒީރު ގުޔެން ތަން ލޮންގް ބުނެފައި ވަނީ، ކޮވިޑްގެ އައު ވޭރިއެންޓް އެމީހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ވިއެޓްނާމްގެ އެތައް ބަޔަކު ދާދިފަހުން ކޮވިޑަށް ފައްސިވާން ފެށުމުން އައު ވޭރިއަންޓެއް އުޅޭކަމަށް ޝައްކުވެ، އެފަރާތުން ވައިރަސްގެ ޖެނެޓިކްސް ބަލައި ހެދި ދިރާސާތަކަކުން ކަމަށެވެ. އަދި މި އައު ވޭރިއަންޓަކީ އިންގިރޭސިވިލާތުގައި ފެތުރޭ ވޭރިއަންޓުގެ ޖެނެޓިކްސް ހިމެނޭހެން މިއުޓޭޓް ވެގެން އުފެދިފައިވާ އިންޑިޔާ ވޭރިއެންޓްގެ ވައްތަރެއް ކަމަށާއި، އެހެންކަމުން މިއީ އިންޑިޔާގައި ފެތުރޭ ވޭރިއަންޓަށްވުރެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހާތަނަށް ފެތުރުނު ކޮވިޑްގެ ވޭރިއެންޓް ތަކަށްވުރެ ހަލުވިކަމާއެކު މި އައު ވޭރިއެންޓް ފެތުރޭނެ ކަމަށް ފެންނަ ކަމަށާއި، އަދިވެސް އިތުރު ދިރާސާތައް ކުރަމުން އަންނަ ކަމަށް ސިއްޙީ ވަޒީރު މީޑީއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށުމުން ވިއެޓްނާމުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދައްކާފައެވެ. އެހެންނަމަވެސް ފާއިތުވި އޭޕްރިލްއިން ފެށިގެން އެޤައުމުގައި ވެސް ވަނީ ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައެވެ. 96 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ވިއެޓްނާމްގައި އެޕްރިލްއާއި ހަމައަށް ފައްސި ވެފައި ވަނީ 3100 މީހުންނެވެ. އަދި މަރުވެފައި ވަނީ 35 މީހުންނެވެ. އެހެންނަމަވެސް އެޕްރިލްއިން ފެށިގެން ފައްސިވާ މީހުން ވަނީ އިތުރުވާން ފަށާފައެވެ. އެޕްރިލްއިން މިހާތަނަށް އިތުރު 3500 މީހުން ފައްސިވެ 12 މީހުން މަރުވުމުން މިހާތަނަށް އެޤައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 6600  އަށް އަރައި ކޮވިޑްގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު ޖުމްލަ 47 އަށް ވަނީ އަރާފައެވެ.

ވައިރަސްއަކީ ގިނައިން ފެތުރި އިތުރުވާ ވަރަކަށް ޖެނެޓިކް އެކި ބަދަލުތައް އައިސް، އައުވައްތަރުގެ ވައިރަސް އުފެދޭ އެއްޗެކެވެ. އެހެންކަމުން 2019ގެ ފަހުކޮޅު ޗައިނާއިން ކޮރޯނާ ގެ ފުރަތަމަ ވައިރަސް ފެނުނުފަހުން އޭގެ އެތައް ވޭރިއަންޓެއް ވަނީ އުފެދެން ފަށާފައެވެ. މީގެތެރެއިން 4 ވޭރިއެންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގައި ދުނިޔެއަށް ނުރައްކާތެރި ވައިރަހެއްގެ ގޮތުގައި ރެކޯޑު ކޮށްފައިވާ ވޭރިއެންޓު ތަކެކެވެ. އެއީ އިންޑިޔާގައާއި އިންގިރޭސި ވިލާތުގައި، އަދި ދެކުނު އެފްރިކާއާއި ބްރެޒިލްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ވޭރިއަންޓުތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.