އެޗްއެމްއެފް ގެ ކަންކަން ރަނގަޅުކުރާނެ ކަމަށް ބުނުމުން އެޗްއާރްސީއެމް އިން މަރުހަބާ ކިޔައިފި
ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް އެޗްއާރްސީއެމް އިން ކުރި ޒިޔާރަތުގައި ފާހަގަކުރި ކަންކަން ރަނގަޅުކުރާނެ ކަމަށް ބުނުމުން އެޗްއާރްސީއެމް އިން މަރުހަބާ ކިޔައިފި އެވެ.
އެޗްއާރްސީއެމް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަންގެ ދައުރަކީ މޮނިޓަރ ކުރުމަށް ފަހު، ފާހަގަވާ ކަންތައް ގުޅުންހުރި މުއައްސަސާތަކަށް ހިއްސާކުރުން ކަމަށެވެ. އަދި ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ.
“އެޗްއެމްއެފް އަށް އެޗްއާރްސީއެމް އިން ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުރެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތަށް ކޮމިޝަނުން މަރުޙަބާ ކިޔަން.” އެޗްއާރްސީއެމް ގެ ޓްވީޓުގައި ވެއެވެ.
HRCMge dhaurakee monitor kurumahfahu faahaga vaa kanthah gulhun huri muassasaa thakaa hissaakoh haggu kashavaru kohdhinun. HMF ah HRCM in kuri ziyaarathun faahaga kurevunu kanthahthah rangalhu kurevumah kamabehey faraaithakun kuravvaa massakathah Commissionun marhabaa kiyan https://t.co/RzTurgCf7Z
— HRC of the Maldives (@hrcmv) May 29, 2021
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އަދި ހުޅުމާލޭ މެޑިކަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މާރިޔާ ސަޢީދު ވިދާޅުވީ އެޗްއެމްއެފް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މީގެކުރިން އެވްރެޖުގޮތެއްގައި އެޑްމިޓް ކުރަނީ މަހަކު 200 އާއި 300 އާދެމެދުގެ ޢަދަދެއް ކަމަށެވެ.
އެހެންނަމަވެސް އެ ޢަދަދު މިހާރު 600 އަށް އަރާފައިވާކަން މާރިޔާ ވަނީ ފާހަގަ ކުރައްވާފައިވާ ކަމަށާއި އެެހެންކަމުން އެ ޢަދަދަށް ބަލިމީހުން ބަލަން ސިއްހީ އެހީތެރިން ނެތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ އެޗްއާރްސީއެމް އިން އެކަންކަން ބައްލަވާފައިވާތީ ޝުކުރުވެރިވާ ކަމަށެވެ. އަދި ފާހަގަކުރައްވާފައިވާ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.