ސްކައި ނިއުސްގައި ރާއްޖެއަށް ޚާއްސަކޮށް މައުލޫމާތު ހިއްސާކުރުމަށް ސެގްމެންޓެއް ހަދަނީ

ސްކައި ނިއުސްގައި ރާއްޖެއަށް ޙާއްސަކޮށް މައުލޫމާތު ހިއްސާކުރުމުގެ ސެގްމެންޓެއް ހަދަން ނިންމައިފި އެވެ.

މިއީ މެދުއިރުމަތީގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން ހިންގާ ހަރަކާތެކެވެ.

އިޝްތިހާރު Below Header ad

އެމްއެމްޕީއާރްސީ އިން ބުނީ ރޭޑިއޯ ޝޯވތަކުގައި އެންމެ ގިނައިން މީހުން އަޑުއަހާ ވަގުތުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވެސް ނިންމާފައިވާ ކަަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އިޝްތިހާރުތައް ސްކައި ނިއުސް ވެބްސައިޓްގައި ވެސް ހިމަނާނެ ކަމަށެވެ.

މީގެ އިތުރުން މިކެމްޕެއިންގެ ދަށުން ވީގޯ، ސްކައި ނިއުސް އަރަބިޔާ އަދި އަލް ރައިސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އެގޮތުން އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޓްރެވެލް މާކެޓްޕްލޭސް ވީގޯއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ވީގޯ އަކީ މެދުއިރުމަތި، އުތުރު އެފްރިކާ، އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާގެ އެންމެ ބޮޑު އެއް ޓްރެވެލް މާކެޓްޕްލޭސްއެވެ.

ސަތޭކަ އަށްވުރެ ގިނަ އެއަރލައިން، ހޮޓެލް އަދި ޓްރެވެލް އޭޖެންސީތައް ހިމެނޭ ޑޭޓާބޭސްއަކުން ޑީލް އަދި އޮފަރތައް އަޅައި ބެލުމުގެ ފުރުސަތު މި ޕްލެޓްފޯމުން ލިބެއެވެ.

މި ކެމްޕެއިންގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ވީގޯގެ ވެބްސައިޓާއި ފޯން އެޕްލިކޭޝަންގައި އިޝްތިހާރުކުރާނެ ކަމަށާއި އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ހާމަކޮށްދީ އާޓިކަލްއަކާއި ޕުޝް ނޮޓިފިކޭޝަން އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް އާންމުކުރާނެ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

Visit Maldives 2

އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ ސަބަބުން 1.5 މިލިއަން އޮންލައިން އިމްޕްރެޝަން ޙާސިލްކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ސްކައި ނިއުސް އަރަބިއާއާއި ގުޅިގެން މާކެޓިންގ ކެމްޕެއިނެއްވެސް ފަށާފައި ވެއެވެ. 35 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ފޯރާ ސްކައި ނިއުސް އަރަބިއާއަކީ އަރަބިންގެ ތެރޭގައި އެންމެ މަގްބޫލްއެއް ޓީވީ ޗެނަލެވެ.

މި ކެމްޕެއިނަކީ މެދުއިރުމަތީގެ މާކެޓަށް އަރަބި ބަހުން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.

އެމްއެމްޕީއާރުސީން އަންނަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.