ތ. އަތޮޅުން އައްޑުސިޓީއަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ތ. އަތޮޅުން އައްޑުސިޓީއަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ފަތިހު4 ޖަހަންދެން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

“ކަނޑުގަދަވާ ވަގުތުގައި އުދަ އެރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންވެ، އެކަމަށް ތައްޔާރުވެ ތިބުމަށް އެދެން.” މެޓް އޮފީހުން ބުނެފައި ވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރަށް ފެށުމަށް ވެސް އިލްމާސް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.