ޚަބަރު ފީތާ

ލަންކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޖޫން 7 ގެ ނިޔަލަށް ދަމަހައްޓައިފި

ސްރީލަންކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޖޫން 7 ވަނަ ދުވަހާއި ހަމައަށް ދަމަހައްޓައިފި އެވެ.

އެ ގައުމުގެ ސަރުކާރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ދަތުރުފަތުރު ކުރުމުގެ ފިޔަވަޅުތައް އަންނަ ޖޫން މަހުގެ 7 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މި އަމުރާއިގުޅިގެން އެއްވެސް މީހަކަށް އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ހުއްދައެއް ނޯންނާނެ އެވެ. އަދި ބޭރަށް ނުކުންނަ މީހަކުވެސް ބޭނުންވާ ވަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގަނެގެން އަވަހަށް ގެއަށް ވަންނަން ޖެހޭނެ އެވެ.

މިގޮތަށް އަމުރުކޮށްފައިވީނަމަވެސް ޑޮކްޓަރީ ބޭސް ގަންނަން ބޭސް ފިހާރަތަކަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ގޭބިސީއަށް ބޭނުންވާ ތަކެތި ހޯދުމަށް މި މެއި މަހުގެ 31 ވާ ހޯމަ ދުވަހާއި އަންނަ ޖޫން މަހުގެ 4 ވާ ހުކުރު ދުވަހު ކޮންމެ ގެއަކުން އެކަކަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ހުއްދަ އަކީ ގެއަށް ބޭނުންވާ އަސާސީ ސާމާނު ގަތުމަށް ބޭރަށް ދާން ދޭން ހުއްދަ އެކެވެ.

ލަންކާއިން ވެސް ވަނީ ކޮވިޑްގެ އާ ވޭރިއަންޓް ފެނި، އެގައުމުގެ ހުރިހާ ސަރަހައްދެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ.

ހުސްވި އޭޕްރިލް މަހު ބައިލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: