ޣައްޒާއަށް ދިން ޙަމަލާތައް ތަހުގީގުކުރުމަށް އދ އިން ނިންމައިފި

އިޒްރާއީލުން ޣައްޒާއަށް 11 ދުވަސް ވަންދެން މެދުނުކެނޑި ދިން ޙަމަލާތަކުގެ ތަހުގީގެއް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގުމަށް އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

އދ އިން މިގޮތަށް ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރު ޤައުމުތަކުގެ ތެރެއިން 24 މެމްބަރުންގެ ވޯޓާއެކުއެވެ. އެއް ދުވަހުގެ ހާއްސަ ސެޝަނެއްގައި މައްސަލަ އެ ކައުންސިލަށް ހުށަހަޅާފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަދި އދ އަށް ކަނޑައަޅާފައިވާ ޕަލަސްތީންގެ ޑެލިގޭޝަނުންނެވެ. މި ޤަރާރާއި ދެކޮޅަށް 9 މެމްބަރު ޤައުމުން ވޯޓު ދިންއިރު 14 މެމްބަރު ޤައުމުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

އިޝްތިހާރު Below Header ad

މި ޤަރާރާއި ދެކޮޅަށް ވޯޓްދިން އަދި އިޒްރާއީލާއި އެންމެ އެކުވެރި އެއްޤައުމު ކަމުގައިވާ އެމެރިކާއިން ބުނެފައި ވަނީ، އިޒްރާއީލާއި ފަލަސްތީންގެ މީހުންނާއި ދެމެދު ހިނގާފައިވާ ހަމަނުޖެހުމެއްގެ ސަބަބުން މިފަދަ ބޮޑު ބައިނަލްއަޤްވާމީ ތަހުގީގެއް ހިންގަން އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ނިންމިކަމީ އެމެރިކާ އެކަމާ ހިތާމަ ފާޅުކުރާ ކަމެއް ކަމުގައިއެވެ. އަދި އެއީ އެސަރަހައްދުގައި ސުލްޙައާއި ހަމަޖެހުން ޤާއިމް ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތައް އެޅުނު ހުރަހަކަށް ވެސް ވެދާނެ ކަމަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ބުނެފައެވެ.

އިޒްރާއީލާއި ފަލަސްތީންގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމައި އެކުލަވައިލި ގަރާރުގައި ބުނެފައިވާ ގޮތުން، އިޒްރާއީލާއި ޣައްޒާ އަދި އިރުމަތީ ޤުދުސްއާއި ވެސްޓް ބޭންކުގައި އިންސާނިއްޔަތާއި ޚިލާފު އަދި ބައިނަލްއަޤްވާމީ ހަނގުރާމަމަތީ ޤަވާއިދުތަކާއި ޚިލާފް އަމަލު ހިންގާފައިވޭތޯ އާއި، މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގެ އަސްލު ހޯދުމާއި، ނަސްލު ނައްތާލުމާއި ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ދާއިމީ ކޮމިޝަނެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

އަދި ކުށްވެރިވާ ފަރާތް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ

ހަނގުރާމަ

އދ ގެ މި ނިންމުމަށް ފަލަސްތީނާއި ޙަމާސް މަރުޙަބާ ކިނަމަވެސް އިޒްރާއީލުން ވަނީ މިކަމާއި ނުރުހުން ފާޅުކޮށްފައެވެ. އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ، އދ ގެ މި ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި އޭގެން ސާބިތު ވެފައިވަނީ އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލަކީ އިޒްރާއީލާއި ދެކޮޅު ކައުންސިލެއް ކަމަށެވެ. އަދި މި ނިންމުމުން ބައިނަލްއަޤްވާމީ ޤަވާއިދުތަކަށް ވެސް ކުރެވެނީ މަލާމާތް ކަމަށާއި، މިފަދަ ނިންމުމަކީ ނިރުބަވެރިންނަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އަދި އިޒްރާއީލުން ބުނެފައި ވަނީ، މިފަދަ ތަހުގީގެއް ކުރިއަށް ގެންދިއުމަށް އިޒްރާއީލުން ދުވަހަކުވެސް އެއްބާރުލުން ނުދޭނެ ކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.