ޚަބަރު ފީތާ

ހަރުކަށި ފިކުރުގެ 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން މި ތިން މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އިއްޔެ ހައްޔަރު ކުރި އެއްވެސް މީހަކާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއި އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގާ 17 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެތެރޭގައި އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި 11 މީހަކާއި މާލޭގައި ހިންގި އޮޕރޭޝަނެއްގައި މީގެކުރިން ހައްޔަރުކުރި 3 މީހުން ހިމެނެއެވެ.

މި މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ.

އެމީހުންގެ ތެެރޭގައި މި ބޮން ގޮއްވާލަން އަމަލީ ގޮތުން މަސައްކަތް ކުރި މީހާއާއި ބޮން ހަރުކޮށް ގޮއްވާލި ސައިކަލުގެ ވެރި މީހާވެސް ހިމެނެއެވެ.

މި އެންމެނަށް ކޯވިޑް ޖެހި އަދި ތަހިޤީގު ޓީމުގެ ބައެއް މެމްބަރުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާތީ މައްސަލައިގެ ތަޙުޤީގަށް ލަސްތަކެއް އައިސްފައިވާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތެވެ. އަދި ފަރުވާއަށްފަހު ރައީސް ނަޝީދު ޖަރުމަންގެ ހޮސްޕިޓަލުން މިމަހުގެ 21 ވަނަދުވަހު ވަނީ ދޫކޮށްލާފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: