ދެވަނަ ފަހަރަށް އަލިފާން ފަރުބަދަ ގޮވާފާނެކަމުގެ ބިރާއެކު އަވަށް ދޫކޮށް ދިއުމަށް އަންގައިފި

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އަވަށެއް ކަމަށްވާ ގޯމާގައި ހުރި އަލިފާން ފަރުބަދައެއް ގޮވާފާނެ ކަމުގެ އިންޒާރާއެކު އެއަވަށުގެ އެކި ހިސާބުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާއިފިއެވެ.

ނައިރާގޮންގޯ އަލިފާން ފަރުބަދަ މީގެ ދުވަސްކޮޅެއް ކުރިން ވެސް ގޮވައި، އެހިސާބަށް އެތައް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަންގާރަ ދުވަހު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ ބިންގަނޑު ކޮންމެ 15-10 މިނެޓަކުން ދަނީ ގުޑެމުންނެވެ. ގޯމާގެ ބައެއް ހިސާބުތަކުން މީހުން ހުސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލުމާއެކު ގެދޮރު ދޫކޮށް ސަލާމަތް ހިސާބުތަކަށް ދިއުމަށް އެތައް ހާސް ބަޔަކު ވަނީ ނިކުމެފައެވެ.

އިޝްތިހާރު Below Header ad

އެފްރިކާ ބައްރުގައިވާ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ނައިރާގޮންގޯ މިދިޔަ ހޮނިހިރު ދުވަހު ގޮވުމުގެ ސަބަބުން 20،000 އެއްހާ މީހުންގެ ގެދޮރު ގެއްލި 32 މީހުން ވަނީ މަރުވެފައިއެވެ. ކީވޫ ޕްރޮވިންސްގެ އަސްކަރީ ގަވަނަރު ޑީމާ ކޮންގްބާ މިއަދު ބުނެފައިވަނީ، މިވަގުތު ބިންގަނޑު އަޑިން ހަލާކުވެފައި ހުރިވަރާއި އަދި ދިޔާ އަލިފާނުގެ ރާސްތާއަށް ބެލުމަށް ފަހު ލިބިފައިވާ ޑާޓާއިން ފެންނަ ގޮތުގައި، ގޯމާ އަވަށުގެ ބިންގަނޑު އަޑީގައި އަލިފާން ވަނީ ހެދިފައެވެ. އަދި މި އަލިފާން ކީވޫ ކޯރުގެ އަޑިއަށް ވެސް ދަތުރު ކުރަމުންދާ ކަމަށް ޑާޓާ ތަކުން ދައްކާކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން އަލިފާންގަނޑު އަރާނީ ބިމުން ކަމެއް ނޫނީ ކީވޫ ކޯރުން ކަމެއް މިވަގުތު ބުނެދޭން ނޭނގޭ ކަމަށާއި، އެހެން ނަމަވެސް ކޮންމެ ވަގުތަކުވެސް ބިންގަނޑުގައިވާ ފަށަލަ ފަޅައިގެންގޮސް ފަތުބަދަ ގޮވާފާނެ ކަމުގެ ބިރު އޮތްކަމަށް އޭނާ ބުނެފައިވެއެވެ. އަދި ޑާޓާ ލިބޭ މިންވަރަކުން މަސްރަޙު ބަލަމުންދާ ކަމަށާއި، އެހިސާބުން މީހުން ހުސްކުރުމުގެ ކަންތައް ވީހާވެސް އަވަހަށް ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ. ސަލާމަތް ހިސާބުތަކަށް ދަތުރު ކުރާއިރު ދަތުރު ކުރުމަށް ދަތި ނުވާނެހެން ވީހާވެސް މަދު ސާމާނާއެކު ދަތުރު ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ފަރުބަދަ

 

ދެވަނަ ގޮވުމެއް ގޮވާފާނެ ކަމުގެ އިންޒާރާއެކު ހިފާގެންގުޅޭ އެތައް ސާމާނަކާއެކު އެތައް ހާސް ބަޔަކު ވަނީ ކާރާއި ސައިކަލް އަދި ފައިމަގުގައި ވެސް ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދިއުމަށް ދަތުރު ފަށާފައެވެ. މީގެ އިތުރުން ބޯޓުތަކުގައި ކޯރު ހުރަސްކޮށް ވެސް ވަނީ ދަތުރު ފަށާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.