ޚަބަރު ފީތާ

ސީރިޔާގެ އިންތިޙާބަށް ހުޅަނގުން ކިޔާ ފާޑުކިޔުމަކީ އަގެއްހުރި އެއްޗެއް ނޫން: ބަޝާރް އަސަދް

ސީރިޔާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމާއި ބެހޭގޮތުން ހުޅަނގާއި ޔޫރަޕުން ކިޔަމުންދާ ފާޑުކިޔުންތަކަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫން ކަމަށް ސީރިޔާގެ ރައީސް ބަޝާރް އަލްއަސަދް ވިދާޅުވެއްޖެއެވެ.

އަސަދް މިހެން ވިދާޅުވެފައި ވަނީ އަނބިކަނބަލުންނާއި އެކު ވޯޓުލުމަށް މަރުކަޒަށް މިއަދު ވަޑައިގަތުމުން، މިއީ މިނިވަން އަދި އިންސާފްވެރި އިންތިހާބެއް ނޫންކަމަށް ހުޅަނގުގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުން ބުނަމުންދާ ކަމަށް ބުނެ އޭ.ޕީގެ ނޫސްވެރިއެއް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

 

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސީރިޔާ ސަރުކާރުގެ ބާރުގެ ދަށުގައިވާ، އަދި ސަރުކާރުގެ ތާޢީދު އޮންނަ ހިސާބުތަކުގައެވެ. އެހެން ކަމުން ޔޫރަޕު އިއްތިހާދުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ މިނިވަން އަދި އިންސާފްވެރި އިންތިހާބެއް ނޫން ކަމުގައެވެ. އަދި މިއީ ސިޔާސީ ހަމަޖެހުމެއް އެއްވެސް ހާލަތެއްގައި ގެނެސްދޭނެ އިންތިހާބެއް ކަމަށް ނުދެކޭ ކަމުގައި ވެސް އެއިއްތިހާދުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދޫމާގައި ހުންނަ ވޯޓުލާ މަރުކަޒަކަށް ބަޝާރް އަސަދާއި އަނބިކަނބަލުން އަސްމާ ވޯޓުލުމަށް ވަޑައިގަތުމުން ބަޝާރަށް ތާޢީދު ކުރާ އެތައް ބަޔަކު ވަނީ އޭނާ ވަޝާލައި، “އެމީހުންގެ ލެޔާއި އެމީހުންގެ ފުރާނައިން ބަޝާރަށް ޓަކައި ޤުރުބާން ވާނެ” ކަމަށް ބުނެ ޅެން ހަދައިގެން ކިޔާފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: