އިރާންގެ ޕެޓްރޯކެމިކަލް ކާރުޚާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިރާންގެ ޕެޓްރޯ ކެމިކަލް ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ އެކަކަށް އަނިޔާ ވެއްޖެއެވެ.

އިރާންގެ ރަސްމީ ނޫސް އޭޖެންސީ އައި.އާރް.އެން.އޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެކުނު އިރާންގެ އަސާލުޔެހްގައި ހުންނަ ކާރުޚާނާގައި މިހާދިސާ ހިނގާފައި ވަނީ މިއަދު އެކާރުޚާނާގައި ހޮޅިއެއް ގޮވުމުގެ ސަބަބުންނެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން އަސާލުޔެހްގެ ގަވަނަރ ބުނެފައި ވަނީ، ހާދިސާ ހިނގުމަށް މެދުވެރިވީ އެކާރުޚާނާއިން އިތުރު ދެ ޕެޓްރޯ ކެމިކަލް ކޮމްޕެނީއަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އަޅާފައިވާ ހޮޅީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެހޮޅި ގޮވުމުގެ ސަބަބުންނެވެ.

އިޝްތިހާރު Below Header ad

“މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ބަލައި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް މިހާރު ވަނީ ޓެކްނިކަލް އެމެޖެންސީ ގްރޫޕެއް އުފައްދާފަ، އެގްރޫޕްގެ މަސައްކަތް ނިމުމުން އިތުރު މަޢުލޫމާތު ހިއްސާ ކުރާނަން” އައި.އާރް.އެން.އޭ އަށް މަޢުލޫމާތު ދެމުން ގަވަނަރ އަބްދުއްނަބީ ޔޫސުފީ ބުނެފައިވެއެވެ.

ފާއިތުވި ހޮނިހިރު ދުވަހު ވެސް ދެކުނު އިރާންގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ހޫނު ގަދަވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހުން ވަނީ ޒަޚަމް ވެފައެވެ.

އަދި 2020 ގައި އިރާންގެ އެކި ހިސާބުތަކުގައި ހުރި ކާރުޚާނާ ތަކުގައި މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.