ކޮވިޑުގެ ހާލަތު ފެށުނީއްސުރެ އިދިކޮޅު ކޯލިޝަނުން ތިބީ އެހީވުމަށް ތައްޔާރަށް: ހީނާ ވަލީދު

ރާއްޖޭގައި ކޮވިޑުގެ ހާލަތު ފެށުނީއްސުރެ، އިދިކޮޅު ކޯލިޝަން ކަމަށްވާ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ތިބީ އެހީތެރިވުމަށް ތައްޔާރަށް ކަމަށް ޕީޕީއެމް ގެ ތަރުޖަމާން ހީވާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު އެހީތެރިވެ ދެއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީ އެޓޯލްނިއުސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގަ އެވެ.

އިޝްތިހާރު Below Header ad

ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއެކު، އެ ކޯލިޝަންގެ 1180 މީހުންގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި އެންމެންނަކީ ވެސް ކޮވިޑުގެ ހާލަތުގައި މަސައްކަތް ކޮށްދިނުމަށް ވޮލަންޓިއަރ ކުރި މީހުން ކަމަށެވެ.

“އަޅުގަނޑުމެން ރައީސް އޮފީހަށް ފޮނުވި ލިސްޓާއިގުޅޭގޮތުން އެ އޮފީހުން (ރައީސް އޮފީހުން) ވިދާޅުވެފައިވަނީ އެ ލިސްޓު ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް. ދެން އެކަމަށް ގޮތެއް ނިންމާނީ ހެލްތު މިނިސްޓްރީން ކަމަށް ވަނީ ބުނެފަ.” ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެ ކޯލިޝަނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހުށަހަޅާފައިވާ ލިސްޓުގައި ރާއްޖޭގެ ހުރިހާ ރަށްތަކެއް ޝާމިލުވާގޮތަށް މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް ގެ ތަރުޖަމާން ހީނާ ވިދާޅުވީ ރާއްޖޭގައި ހުރި ވެންޓިލޭޓަރުގެ ޢަދަދާއި އޮކްސިޖަން ލިބެން ހުރި މިންވަރު ހޯދުމަށް ހެލްތު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެއަށް އަދިޖަވާބު ނުލިބޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.