ޚަބަރު ފީތާ

ރިލީޒް ލިޔުން ދިނުން އެޗްޕީއޭ އިން ހުއްޓާލައިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ދެމުން އައި ރިލީޒް ޑޮކިއުމަންޓް ނުވަތަ ރިލީޒު ލިޔުން ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްޓާލައިފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމާއި އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްޔަށް ޕޮޒިޓިވް ވުމުން، އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެ ކަމަށާއި، އެ ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ވެސް އެޗްޕީއޭ ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ޞިއްޙީ ލަފަޔާއި ފަރުވާ ހޯއްދެވުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެކަހެރިކޮށް ރިލީޒްކުރާ ލިޔުން ދިނުން ހުއްޓާލާފައި މިވަނީ އެ ލިޔުން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަނިކޮށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: