އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމުގެ މަސައްކަތް ބްރޫނާއީ އިން ފަށައިފި

ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީ އިން ފަށައިފިއެވެ.

އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިކުރުމާމެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް އޮންނަ ސަރަހައްދީ ބައްދަލުވުމުގައި ގޮތެއް ނިންމާނެއެވެ.

އިޝްތިހާރު Below Header ad

އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ.

މިމުޢާހަދާ އެކުލަވާލާފައިވަނީ އާސިއާން ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ، 28 އެޕްރީލްގައި އޮތް މަޖިލީހުގައި ޖަލްސާގައި ނިންމައި، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.