ސީރިއާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ލުން ފެށިއްޖެ

ސީރިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. ސީރިއާ ސަރުކާރުން ބުނެފައި ވަނީ، މި އިންތިޙާބުން ދައްކުވައިދެނީ ހަނގުރާމައާއި ހަމަނުޖެހުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ވިނަމަވެސް ސީރިއާ މިހާރު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަ ވެއްޖެކަން ކަމުގައެވެ.
އެހެންނަމަވެސް އިދިކޮޅު ފަރާތްތަކާއި ހުޅަނގުގެ ޤައުމުތަކުން މި އިންތިޙާބު ދެކެނީ އިތުރު ދައުރަކަށް މިހާރުގެ ރައީސް ބަޝާރް އަލްއަސަދް ހޮވައި، ހުރިހާ ބާރެއް މުށްދަށު ލުމަށް ޖެހޭ ސްޓޭމްޕެއްގެ ގޮތުގައެވެ.
ސީރިއާގެ ރަސްމީ ނޫސް އޭޖެންސީ (ސަނާ) އިން ބުނެފައިވާ ގޮތުގައި، ވޯޓުލުން ފަށާފައި ވަނީ މިއަދު ސީރިއާ ގަޑިން ހެނދުނު 7:00 ގައެވެ. އަދި ވޯޓު ލުމަށް ޓަކައި ވޯޓު ފޮށިތައް ކައިރީގައި ދިގު ކިއުތައް ހަދާފައިވާ މަންޒަރުތައް ވެސް ދައްކާފައިވެއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ސީރިއާގެ އެކި ހިސާބުތަކުގައި 12000 އަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓާފައި ވެއެވެ. ވޯޓުގެ ނަތީޖާ ހާމަ ކުރުމަށް ނިންމާފައި ވަނީ ވޯޓުލާ ނިމޭތާ 48 ގަޑިއިރުގެ ތެރޭގައިއެވެ. އެއީ އަންނަ ހުކުރު ދުވަހުއެވެ.
ވޯޓުލުން މިއަދު ފެށިފައިވާއިރު ސީރިއާގައި މިހާރު ހަމަނުޖެހުން ހުއްޓިފައިވި ނަމަވެސް އިޤްތިސާދުވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެޤައުމުގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސައްލޫމް ޢަބްދުﷲ އަދި އިދިކޮޅު ލީޑަރު މަޙްމޫދް މެހްރީ ރައީސް އަސަދްއާއި ވާދަކުރެއްވި ނަމަވެސް، މިފަހަރުގެ އިންތިޙާބުވެސް ކާމިޔާބު ކުރައްވާނެ ކަމަށް ލަފާ ކޮށްފައި ވަނީ މިހާރުގެ ރައީސް ބަޝާރް އަލް އަސަދެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.