އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރގެ މަގާމަށް ހުސައިން ނިޔާޒު

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރުގެ މަގާމަށް ޙުސައިން ނިޔާޒު އައްޔަންކުރައްވާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ އޭނާގެ މަގާމުގެ އިފެކްޓިވް ޑޭޓްއަކީ މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަސް ކަމަށެވެ.

އިޝްތިހާރު Below Header ad

ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އިރު، ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރު އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ނިޔާޒު ވަނީ ފުރުއްވާފަ އެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތް ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓަރސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކުރައްވާފަ އެވެ.

މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަ ކުރައްވާފަ އެވެ.

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ވިދާޅުވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުއްވާ ކަމަށެވެ. އަދި މީގެ 16 އަހަރު ކުރިން، ޓެކްނީޝަނެއްގެ ގޮތުގައި އެ ކުންފުންޏާ ގުޅުމަށްފަހު ރާއްޖޭގައި އެ ކުންފުނީގެ ނެޓްވަރކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

” ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއް. އަޅުގަނޑުމެން އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަޚުރުވެރިވާކަން ފާހަގަކޮށްލަން. ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން.” ނަޖީބު ޚާން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.