ހުދުރަންފުށި ރިސޯޓުގެ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ
ހުދުރަންފުށި ރިސޯޓުގެ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ 8 މީހުންނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި 93 ފޫޓުގެ “ދިރުން” ނަމަކަށް ކިޔާ މި ދޯނި އުރިފައިވަނީ އެ ރިސޯޓުގެ ނެރު މައްޗަށް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 10:20 ހާ އިރު ލިބުމާއެކު އެންއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނި ފުންކޮށްފައިވާ ކަމަށް ވެސް އެމްއެންޑިީއެފް އިން ބުނެއެވެ.
މި ހާދިސާ ހިނގި އިރު، އެ ދޯނީގައި ހަތް ބިދޭސީންނާއި ދިވެއްސަކު ހުރި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ. އަދި ދޯންޏަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.