ޚަބަރު ފީތާ

ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ނިންމައިފި

ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެންބިލުން މުޅި ރާއްޖޭގެ ހުރިހާ ރަށަކުން ތިރީސް ޕަސެންޓޫ ޑިސްކައުންޓޫ ދެއްވާނެ ކަމަށެވެ. އަދި ވިޔަފާރި ކުރާ ތަންތަނަށް 20 ޕަސެންޓް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ގޭބިސީތަކުގެ ކަރަންޓު ބިލުން 40 ޕަސެންޓު އަދި ވިޔަފާރިކުރާ ތަންތަނުން 20 ޕަސެންޓު ޑިސްކައުންޓު ދެއްވާނެ ކަަމަށް ވެސް ރައީސް ސޯލިހުު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލހު ވިދާޅުވީ ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

 

 

ޚިޔާލު 1 on "ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ނިންމައިފި"

  1. ކޮއިރަޝީދު | މެއި 25, 2021 at 23:12 |

    ކުރިންދިން ޑިސްކައުންޓްގައި ދައްކަންޖެހުނީ މިހާތަނަށް ދައްކަން ނުޖެހޭ ވަރުގެ ބޮޑު އަދަދެއް.

Comments are closed.