މުއްދަތެއް ނެތް ގޮތަށް ދިވެހިން ޕާކިސްތާނަށް ދަތުރުކުރުން މަނާކޮށްފި

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދާތީ ދިވެހިން ޕާކިސްތާނަށް ދަތުރުކުރުން ޕާކިސްތާނު ސަރުކާރުން މަނާކޮށްފި އެވެ.

ޕާކިސްތާނުން ރާއްޖެ ހިމަނާފައިވަނީ ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ކެޓަގަރީ ކަމަށްވާ “ސީ” ކެޓަގަރީ ގައެވެ.

އިޝްތިހާރު Below Header ad

އެ ކެޓަގަރީގައި ރާއްޖެއާއެކު އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާ ވެސް އޮތީ ހިމަނާފަ އެވެ.

މާދަމާއިން ފެށިގެން ރާއްޖެއިން ޕާކިސްތާނަށް ދަތުރު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އިރު، އެ ނޫންގޮތަކަށް ޕާކިސްތާނަށް ދެވޭނީ އެ ގައުމުގެ ޚާއްސަ ކޮމިޓީއަކުން ހުއްދަ ދިނުމުން ނެވެ.

އެހެންނަމަވެސް ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންނަށް އެގައުމަށް އެނބުރި ދެވޭނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.