ޚަބަރު ފީތާ

ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުން ފަސްކޮށްފި

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު އަހުމަދަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފަސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޑރ. ހުސައިން އަށް ރުހުން ދިނުން މަޑުޖައްސާލީ އޭނާގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުންނެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ކޮމިޓީން ވަކިގޮތެއް ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ރައީސް އޮފީހުގެ ބަހެއް މިކަމުގައި ހޯދުމަށެވެ.

ޑރ. ހުސެން ކުރިން ހުންނެވީ އެންވަޔަރަމަންޓު މިނިސްޓަރުގެ މަގާމުގަ އެވެ.

Like
Like Love Haha Wow Sad Angry