އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ނަމުގައި މުޅިންވެސް ދައްކަނީ ހުދާއި ކަޅުގެ ހުވަފެން

ރާއްޖޭގައި އިންޓަރނެޓު އަގު ބޮޑު ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަ އެކެވެ.

ރައްޔިތުންގެ ލޮލުގައި ކޮންމެ 5 އަހަރަކުން އަޅުވާ އެއް އަނދުނަކީ ރާއްޖޭގައި އިންޓަރނެޓްގެ އަގު ހެޔޮކޮށްދޭނެ ކަމުގެ ވާހަކަ އެވެ. ރައްޔިތުންގެ ހިތްތައް އުފަލުން ފޮޅުވާލަ އެވެ.

އިޝްތިހާރު Below Header ad

“އަހަރުމެންގެ ސަރުކާރެއްގަ، އަހަރުމެންގެ ދައުރުގަ” އިންޓަރނެޓް އަގުހެޔޮކޮށްދޭން ވަޢުދު ނުވާ ސަރުކާރެއް ނާދެއެވެ.

އެހެންނަމަވެސް އެ ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. “އަދު ނޫން މާދަން” ކިޔާލަކިޔާލަ ތިބެނީ އިބިލީހު ކައިވެންޏޭކޭ ތަފާތެއް ނެތެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ވެސް މި ވަޢުދާއެކު ވެރިކަމާއި ޙަވާލުވެ، އިންޓަރނެޓުގެ އަގު ހެޔޮކުރުން ވެސް މިދަނީ އެބީދައިން ނެވެ.

ރާއްޖޭގެ އިންޓަރނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ނިންމާފައިވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ 04 އޮކްޓޯބަރ 2019 ގަ އެވެ.

އޭރު އެމަނިކުފާނު ވިދާޅުވީ ފަހުގެ ނިންމުން ނިންމުމުގެ ހުރިހާވެސް ބާރެއް މިހާރުއޮތީ ރައީސް އޮފީހުގައި ކަމަށެވެ. އެއީ ރައީސް ސޯލިހުގެ ސަރުކާރަށް އަހަރެއްވާން ގާތްވެފައި ވަނިކޮށެވެ.

ސަރުކާރުން އިޢުލާންކުރި ސްޓްރެޖިކް އެކްސްޝަން ޕްލޭނުގައިވާގޮތުން ރާއްޖޭގެ އިންޓަރނެޓް އަގުހެޔޮކުރުމާއި ގުޅޭ މަސައްކަތްތައް ރާވާފައިވަނީ 2021 ވަނަ އަހަރަށެވެ.

ރާއްޖޭގައި ދެމުންދާ އިންޓަރނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދަކަށް ވާއިރު، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެމަސައްކަތުގައި އުޅުއްވަން ފެއްޓެވުމުން ހީވީ ހަމަދެންމެ އިންޓަރނެޓުގެ އަގުހެޔޮވެދާނެ ކަމަށެވެ.

ސްޓެރެޓެޖިކް ޕްލޭންގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒު ކުރުމަށް ގިނަ ކަންތަކެއް ހިމަނާފައިވާ އިރު، އޭގެތެރޭގައި ބްރޯޑްބޭންޑް އިންޓަރނެޓް ދިނުމާއި ގުޅޭ ޤަވާޢިދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ކަސްޓަމަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ރާވާފައިވަނީ 2022 ވަނަ އަހަރުއެވެ.

އެހެންކަމުން ރައީސް ސާލިޙުގެ ރިޔާސަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި މިކަން ވެދާނެކަމާއިމެދު ގިނަ ބައެއްގެ ހިތުގައި މިވަނީ ސުވާލުއުފެދިފައެވެ. ގިނަ މީހުން ބުރަވަނީ ނުވާނެ ކަމަށެވެ.

ރާއްޖޭގައި އިންޓަރނެޓް ހެޔޮ އަގު އިޢުލާން ނުކުރެވިގެން އުޅެނިކޮށް މިނިސްޓަރ މަލީހު އެ މަގާމުން ވަކިކުރި އެންމެ ބޮޑު އަސްލަކީ ވެސް އިންޓަރނެޓުގެ އަގަށް ބަދަލު ނުގެނެވުމެވެ.

މަލީހަށް ފަހު އެ ޒިންމާ މަތިކުރީ އައިމިނަތު ޝައުނާ އަށެވެ. އަލަށް އިންތިޚާބު ކުރެއްވި މިނިސްޓަރަށެވެ.

އެކަމަނާ ވެސް މިނިސްޓަރުގެ މަގާމާ ޙަވާލުވެވަޑައިގެންނެވުމަށް ފަހު، އިންޓަރނެޓުގެ އަގު ކުރުމަށް ދެ ފަހަރެއްގެ މަތީން ތާރީޚު ކަނޑައަޅުއްވާފައި ވެއެވެ.

ނަމަވެސް މިހާރުމިވަނީ 3 ވަނަ ފަހަރަށް އެ ތާރީޚު ކަނޑައަޅާފަ އެވެ. އެގޮތުން މި މަހުގެ 27 ވާ ބްރާސްފަތި ދުވަހަކީ އިންޓަރނެޓުގެ ހެޔޮ އަގު ރައްޔިތުންނަށް އިޢުލާނު ކުރާ ދުވަސް ކަމަށް ނިންމާފައިވާ އިރު، މިއީ އަދިވެސް ވުމަށްވުރެ ނުވުން ގާތްކަމެއްގެ ގޮތުގައި ގިނަ މީހުން އަންނަނީ ބުނަމުން ނެވެ.

އަނެއްކާ އިންޓަރނެޓުގެ އަގުހެޔޮވިޔަސް ޑާޓާ ހުސްވާލެއް އަވަސްވާނެ ކަމަށް އިއްތިފާގުވާ ފަރާތްތައް ވެސް އުޅެއެވެ.

ކޮންމެއަކަސް އިންޓަރނެޓުގެ އަގުހެޔޮ ކުރާނެ ދުވަހަކަށް ރައްޔިތުން މިތިބީ އިންތިޒާރުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.